Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

ޕީކޭ މި ހުރީ އާ ލޯބިވެރިޔާއާ އެކީ

މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ ދޫކޮށްލުމަށް ފަހު ސްޕެއިންގެ ފުޓްބޯޅަ ތަރި ޖެރާޑް ޕީކޭ ހޯދި އާ ލޯބިވެރިޔާ ދައްކާލައިފި އެވެ.

އިންސްޓްގްރާމްގައި ޕީކޭ ޕޯސްޓްކުރި ފޮޓޯއެއްގައި ފެންނަނީ ލޯބިވެރިޔާއާ އެކީ ރެސްޓޯރަންޓެއްގެ ތެރޭގައި ގައިގޯޅިކޮށް ތިއްބަ އެވެ. ޕީކޭގެ އާ ލޯބިވެރިޔަކީ ކްލާރާ ޝިއާ މާޓީ އެވެ.

މީޑިއާތަކުން ބުނީ ދެ މީހުން އެކީގައި ނަފާފައިވާ ފޮޓޯއެއް ޕީކޭ އާންމުކުރީ އެ ގުޅުން މިހާރު ރަސްމީކަން ކަށަވަރުކޮށް ދިނުމުގެ ގޮތުންނެވެ.

ޕީކޭ އާއި ޝަކީރާގެ 10 އަހަރުވީ ގުޅުމުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅު ސިއްކަ ޖެހީ ޕީކޭ ބޭވަފާތެރިވުމުންނެވެ. ޝަކީރާ، 45، އާއި ޕީކޭ، 35، ރައްޓެހިވީ 2010 ގަ އެވެ. އެ ދެ މީހުންނަށް ދެ ދަރިން ވެސް ލިބިފައިވެ އެވެ. އެއީ މިލާން ޕީކޭ މެބާރަކް، 9، އާއި ސާޝާ ޕީކޭ މެބާރަކް، 7، އެވެ.

ދާދި ފަހުން ޝަކީރާ ވަނީ ޕީކޭ އަށް ފާޑުކިޔައި ލަވައެއް ވެސް ނެރެފަ އެވެ. ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވެސް ލިބުނު ލަވައިގައި ޕީކޭ އަށް ނިސްބަތް ޝަކީރާ ބަންޑުންކޮށްފައިވާ ވާހަތަކުގެ ތެރޭގައި އޭނަ ގޭގައި ނޫޅެނީސް ގެއިން އެހެން މީހުން ކާ ކަމަށާއި ދުވަހަކު ވެސް ދެން ޕީކޭއާ ގާތް ނުވާނެ ފަދަ ވާހަކަތައް ހިމެނެ އެވެ.