Last Updated: March 29, 15:09
Wednesday, March 29, 2023
ކުޅިވަރު

ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފި

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ސާބިއާގެ ނޮވަކް ޖޮކޮވިޗް 10 ވަނަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.

ޖޮކޮވިޗް މި މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސްއާ ބައްދަލުކޮށް ސީދާ 3 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު 3-6 އިން ޖޮކޮވިޗް ގެންދިޔައިރު ދެން ޖެހިގެން އައި ދެ ސެޓް ޖޮކޮވިޗް ގެންދިޔައީ ވާދަވެރި ކުޅުމަކަށްފަހު އެވެ. އެ ދެ ސެޓު އޭނާ ކާމިޔާބުކުރީ 6-7 އަދި 6-7 އިންނެވެ.

ޖޮކޮވިޗް ،35، ހޯދި މި ކާމިޔާބާ އެކު އޭނާ މިހާރު ވަނީ ދުނިޔޭގެ ޓެނިހުގެ ރޭންކިންގެ އެއްވަނަ އަށް އަރާފަ އެވެ.

މި ތަށްޓާއެކު ޖޮކޮވިޗްގެ ކެރިއަރުގައި ކާމިޔާބުކުރި ގްރޭންޑް ސްލޭމްތަކުގެ އަދަދު މިހާރު ވަނީ 22 އަށް އަރާފަ އެވެ. މި އަދަދަށް ސްޕެއިންގެ ރަފޭލް ނަޑާލް ވެސް ވަނީ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފަ އެވެ.