Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ވެރިކަމާ ހެދި އެމްޑީޕީތެރޭ ބަޣާވާތް އިއުލާންކޮށްފި

މޫސަ އާއި ރައީސް ނަޝީދު - ފޮޓޯ: ސަން

ވެރިކަމާ ހެދި އެމްޑީޕީ ތެރޭ ބަޣާވާތް އިއުލާންކޮށްފި ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުތުމުން، ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުނުކޮށް "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރެއިން ހަރަކާތްތަކެއް ހިންގަވަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން މޫސަ ވިދާޅުވީ 10 އަހަރު ފަހުން ވެރިކަމާ ހެދި އެމްޑީޕީ ތެރޭ ބަޣާވާތް އިއުލާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ވާނެ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވި އެވެ.

ނަޝީދު މިއަދު ބަލި ގަބޫލުކުރައްވައި ވިދާޅުވީ ރައީސަށް ޕްރައިމަރީ ކާމިޔާބުކުރެއްވުނަސް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެއްވޭނެ ކަމަށެވެ.

"[އެހެންވެ] އަޅުގަނޑު ހުށަހަޅަނީ ފިކުރެއްގެ ދިރުން ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި، ކަނޑާލި ނުވަދިހަ ތިންހާހާށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާ އެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުން،" ނަޝީދު ވިދާޅުވި އެވެ. "ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ ފަހުން."

ނަޝީދުގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ "އަލުން ތިކަމާ މެދު ވިސްނާލެއްވުމަށް އެދެން" ކަމަށާއި "ޕާޓީގެ އުސޫލާ ގަވާއިދު ބަދަލުނުކޮށް ތި ގޮތަށް ކަންކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ" ކަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދު ވެސް ބުނާ ގޮތުން ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓަކީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހުބުގައި ވާދަކުރައްވާނެ ކެންޑިޑޭޓު ކަމަށެވެ.