Last Updated: May 14, 20:54
Thursday, May 15, 2025
ޚަބަރު

ނޮޅިވަރަމަށް ގެންދިޔަ ޓާފްތައް އަންދާލައިފި

ހދ. ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފްތަކުގައި ރޯކޮ އަންދާލައިފި އެވެ.

އެ ތަކެތީގައި ރޯކުރިކަމުގެ މައުލޫމާތު ކައުންސިލަށް ލިބުނީ ރޭ މެންމަދު 3:30 އެހާކަށްހާ އިރު ކަމަށް ކައުންސިލުން ބުންޏެވެ. ޓާފްތަކުގައި ރޯކޮށްލުމުގެ ސަބަބުން އެ އެއްޗެހި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

މީގެ ވީޑިއޯއަކާއި ފޮޓޯއެއް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ޓްވީޓް ކުރައްވައި ވިދާޅުވީ އެތައް ގޮންޖެހުންތަކަލާ އެކީ ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަން ތިން ދުވަހަށްވެފައި ވަނިކޮށް ބަޔަކު ގަސްތުގައި ޓާފްތަކުގައި ރޯކޮށްލާފައިވާ ކަމަށެވެ.

ނޮޅިވަރަމް ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށީ 2019 ގަ އެވެ. އެ މަޝްރޫއަށް އެ އަހަރުގެ ބަޖެޓުގައި 350،000ރ. ހިމެނި އިރު އަދި މި އަހަރުގެ ބަޖެޓްގައި 315،000 ރުފިޔާ ކަނޑައެޅި އެވެ.