Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

ޖެކްސަންގެ ރޯލަށް ނެގީ އާއިލީ ކުއްޖެއް

ދާދި ފަހުން އިއުލާންކުރި އެމެރިކާގެ ކުރީގެ ޕޮޕް މިއުޒިކްގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ބައޮގްރަފިކަލް ޑްރާމާ "މައިކަލް" ގައި އޭނަގެ ރޯލު ކުޅެން އާއިލީ ކުއްޖަކު ނަގައިފި އެވެ.

ޖެކްސަން ރޯލު ކުޅެން ނެގީ އޭނަ އަށް ބޮޑުބޭބެ ކިޔާ ޖާފަރް ޖެކްސަނެވެ. ލަވަކިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޖާފަރް، 26، އަކީ ޖެކްސަންގެ ބޭބެ ޖާމެއިން ޖެކްސަން، 68، ގެ ދަރިއެކެވެ.

ބޮޑުބޭބެގެ ރޯލު ކުޅެން ލިބުމާ ގުޅިގެން ޖާފަރް ކުރި ޓްވީޓެއްގައި އެކަން ބޮޑު ޝަރަފެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ދެހާސް ނުވައެއްގައި މަރުވެފައިވާ ޖެކްސަންގެ ވާހަކަ ކިޔައިދޭން ހަދާ "މައިކަލް" އަކީ އެންޓޮއިން ފުގްއާ ޑައިރެކްޓްކުރާ އެއްޗެކެވެ. ލަޔަންސް ގޭޓުން ޕްރޮޑިއުސްކުރާ ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ "ޖޭމްސް ބޮންޑް ސީރީޒްގެ 2012 ގެ ފިލްމު "ސްކައިފޯލް" ގެ ސްކްރީންޕްލޭގައި ހިއްސާވި ޖޯން ލޯގަން އެވެ.