Last Updated: March 29, 10:59
Friday, March 29, 2024
ޚަބަރު

ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އެއްވަރެއްގައި

އެންޓި-ކޮރަޕްޝަން ކޮންފަރެންސްގައި ރައީސުލްޖުމްހުރިއްޔާ ވާހަކަ ދައްކަވަނީ- ފޮޓޯ: ރައީސް އޮފީސް

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި ރާއްޖެ އޮތް ރޭންކަށް ބަދަލެއްނައިސް އެއްވަރެއްގައި ހިފެހެއްޓިއްޖެއެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން މިއަދު ނެރުނު 2022 ގެ ރިޕޯޓުގައި ރާއްޖެ އޮތީ 85 ވަނަ ރޭންކުގައެވެ.

2021 ވަނަ އަހަރުވެސް ރާއްޖެ އޮތީ 85 ވަނައިގައެވެ. އޭގެކުރިން 2020 ވަނަ އަހަރު ރާއްޖެ އޮތީ 75 ވަނައިގައެވެ.

ރިޕޯޓުގައި ރާއްޖެއާ ބެހޭގޮތުން ބުނެފައިވަނީ، ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި ގާނޫނުތައް ހެދިފައިވީނަމަވެސް އެކަންކަން ތަންފީޒު ކުރުމަށް ސަރުކާރުން ފަސްޖެހޭކަމަށެވެ. އެގޮތުން ސިޔާސީ މީހުންނާއި ސަރުކާރު މުވައްޒަފުން ޒިންމާދާރު ނުކުރެވޭކަން ފާހަގަކޮށްފައިވެއެވެ.

ޓްރާންސްޕޭރެންސީ އިން ތައްޔާރުކުރާ ކޮރަޕްޝަން އިންޑެކްސް ރިޕޯޓަކީ ވޯލްޑް ބޭންކުގެ ސީއައިޕީއާއި، ގްލޮބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންއާއި ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓަށް ބަލައި، ތައްޔާރު ކުރެވޭ ރިޕޯޓެކެވެ.