Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ގަވާއިދާ ހިލާފު 400 ހެލްމެޓް ނައްތާލައިފި

އައްޑޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 400 އެއްހާ ގަވާއިދާ ޙިލާފު ހެލްމެޓް ނައްތާލައިފި އެވެ.

މިއަދު ހެނދުނު ހިތަދޫ ކުނިކޮށި ސަރަހައްދުގައި މި ހެލްމެޓްތައް ނައްތާލާފައިވާ އިރު ޖުމްލަ 377 ހެލްމެޓް ވަނީ ނައްތާލައިފަ އެވެ. މިއީ މަގުމަތީގެ އެޅުމަށް ކަނޑައެޅިފައިވާ ހެލްމެޓްތަކުގެ ގަވާއިދަށް ނުފެތޭ ހެލްމެޓްތަކެއް ކަމަށް ފުލުހުން ބުންޏެެވެ.

މި ހެލްމެޓްތަކަކީ މިމަހު ޝީޝާއިން ބެހުމަށް ހަވާލުކޮށްފައިވާ 500 ހެލްމެޓް ބެހުމުގެ ތެރެއިން އާންމުންގެ ފަރާތުން ލިބިފައިވާ ގަވާއިދަށް ނުފެތޭ ހެލްމެޓްތަކެވެ. މި ޕްރޮގްރާމުގައި އާންމުންނަށް ހެލްމެޓް ދޫކޮށްފައި ވަނީ ޤަވާއިދާ ޙިލާފު ހެލްމެޓުގެ ބަދަލުގަ އެވެ.

ޝީޝާ އިން ބަހަން ދިން ހެލްމެޓްތަށް ފުލުހުން ބެހިއިރު ކުޑަކުދިންނަށް ވެސް ވަކި އަދަދެއްގެ ހެލްމެޓް ބަހާފައިވެ އެވެ.