Last Updated: March 29, 16:45
Friday, March 29, 2024
މުނިފޫހިފިލުވުން

ޕްރިޔަންކާގެ ދަރިފުޅު "ރަސްމީކޮށް" ދައްކާލައިފި

އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ދަރިފުޅުގެ މޫނު ފުރަތަމަ ފަހަަރަށް ދައްކާލައިފި އެވެ.

މި މަހު އަހަރެއް ފުރުނު މާލްތީ މާރީ ޖޯނަސްއާ އެކީ ނަގާފައިވާ ފޮޓޯތަކެއް މިހާތަނަށް ޕްރިޔަންކާ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އައީ ދަރިފުޅު މޫނު ނުފެންނަ ގޮތަށެވެ. ނަމަވެސް ދަރިފުޅުގެ މޫނު އެންމެ ފަހުން ޕްރިޔަންކާ މި ދައްކައިލީ ފިރިމީހާ ނިކް ޖޯނަސް ހިމެނޭ އާއިލީ މިއުޒިކް ބޭންޑް، "ޖޯނަސް ބްރަދާސް" އަށް "ވޯކް އޮފް ފޭމް" ގެ ޝަރަފު ލިބުމާ ގުޅިގެން އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާގެ ތެރޭގަ އެވެ.

"ޖޯނަސް ބްރަދާސް" އަކީ ނިކް އާއި އޭނަގެ ބޭބެއިން ކަމަށްވާ ޖޯ ޖޯނަސް އާއި ކެވިން ޖޯނަސް ހިމެނޭ ޕޮޕް ބޭންޑެކެވެ. ޖޯ މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ރޯލެއް ކުޅުނު ހޮލީވުޑްގެ ބަތަލާ ސޯފީ ޓާނާގެ ފިރިމީހާ އެވެ.

ނިކް، 30، އާއި ޕްރިޔަންކާ، 40، ދަރިޔަކު ހޯދީ ސަރޮގޭޓްކޮށްގެންނެވެ. އެ ދެ މީހުން ކައިވެނިކުރީ 2018 ގަ އެވެ.