Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ނިޝާހް އަކީ ހިތްވަރުގަދަކަމުގެ ލާމަސީލު މިސާލެއް

އދ. މާފުށިވަރު ރިސޯޓް ކައިރިއަށް މޫދަށް ފާބައި އުޅެނިކޮށް ނިޔާވި ނިޝާހް އަބްދުލް ގަފޫރްގެ އާއިލާއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ވަކިވެގެންދިޔަ ނިޝާހް އަބްދުލްގަފޫރަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ.

"ސްކައުޓް އެސޯސިއޭޝަނަށް ރީތި ނަން ހޯދައިދިން ޒުވާނެއް." ރައީސްގެ ޓްވީޓްގައިވެއެވެ.

މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއި އަޅަން މޫދަށް ފައިބައިގެން އުޅެނިކޮށް ނިޔާވި ނިޝާހަކީ ރ. އިނގުރައިދޫގައި މަސް ހިފަން މޫދަށް އެރި އުޅެނިކޮށް ގެނބެމުން ދިޔަ ކުއްޖަކު ސަލާމަތްކުުރި ޒުވާނެކެވެ. ނޮވެމްބަރު 18، 2018ގައި ހިނގި އެ ހާދިސާގައި ނިޝާހު ދެއްކި ހިތްވަރު ފާހަގަކޮށް، އޭނަ އަށް ޖެހިގެން އައި އަހަރު ރައީސް ދެއްވާ ހާއްސަ އިނާމު ވެސް ލިބިފައިވެއެވެ.