Last Updated: April 20, 17:06
Saturday, April 20, 2024
ޚަބަރު

އައްޑޫ ކައުންސިލް 30 މިލިއަނުން ޖޫރިމަނާކޮށްފި

ޕިކްނިކް ޒޯނެއްގެ ގޮތުގައި ތަރައްގީކުރާ ކަމަށް ބުނި ސަރަަހަްދުގައި އައްޑޫގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު.

އައްޑޫ ސިޓީ ކައުންސިލުން 30.8 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

މިއީ ކައުންސިލްގެ ތާރީހުހައި ވެސް ތިމާވެއްޓާ ގުޅުން ހުރި މައްސަލެއްގައި އެހާ ބޮޑު އަދަދަކުން ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ،

އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އައްޑޫ ކައުންސިލް ޖޫރިމަނާކުރީ ހިތަދޫގެ ރުއްޖެހެރަ ސަރަހައްދުން ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އެ ސަރަހައްދުގައި ފެންގަނޑެއް ކޮނުނު މައްސަލައިގަ އެވެ.

އެ ކައުންސިލުން 2021 ގެ ތެރޭގައި ކުރީ އާންމުން ދަތުރުދާން ހާއްސަ ޕިކްކިން ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ކަމަށް ބުނެ އެވެ.

އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރުއްޖެހެރަ ސަރަހައްދުން ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުމާއި ފެންގަނޑެއް ކޮނެގެން އެކަމުގެ ޝަކުވާތަކާ ގުޅިގެން ބެލިއިރު، 17،000 އަކަ މީޓަރުގެ ބިން ސާފުކޮށް، އަދި އެ ސަރަހައްދުން 1،700 ކޮޑިމީޓަރުގެ ވެލި ނަގައިގެން ހިތެއްގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާ ކަމަށެވެ.

އެހެންވެ، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ބަދަލު ނެގުމުގެ ގަވާއިދުގެ ދަށުން އައްޑޫ ކައުންސިލް 30.8 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ މަސް ދުވަހުގެ ތެރޭގައި ދައްކަން އަންގާފައިވާ ކަމަށް އީޕީއޭގެ ބުންޏެވެ.