ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން އައްޑޫ ސިޓީގެ ޢާއްމު ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން އިސްނަގައިގެން އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި ގުޅިގެންނެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންސާރު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން މެނޭޖިންގް ޑިރެކްޓަރ، ޔޫސުފް ސިރާޖް އަދި އައްޑޫ ސިޓީގެ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ ގެ ފަރާތުން ރައީސާ ނުސްރަތު ރަޝީދު އެވެ.
އަައްޑޫ ސިޓީގައި ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ވެމްކޯ އާއި މެދުގައި ފަހުމުނާމާގައި ސޮއިކޮށްފި. pic.twitter.com/n2gx5FZUB2
— Min. of Environment, Climate Change and Technology (@MoEnvmv) February 1, 2023
މި ޕްރޮގްރާމްގެ ދަށުން އައްޑޫ ޑަބްލިއުޑީސީގެ ހުރިހާ މެންބަރުންނަށް އަމާޒުކޮށްގެން 3 ދުވަހުގެ މުއްދަތަަށް (ޓްރެއިން އޮފް ދަ ޓްރެއިނަރ) ޓީ.އޯ.ޓީ ސެޝަނެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ. މި ސެޝަންތަކުގައި ކުނި މެނޭޖް ކުރުމުގެ ޤާނޫނާއި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ އިތުރުން ސިންގަލް ޔޫސް ޕްލާސްޓިކު ރާއްޖޭގައި މަދުކުރުމަށް ކުރެވެމުންދާ މަސައްކަތާ ގުޅޭ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.
މީގެ އިތުރުން އައްޑޫގެ ކުނި މެނޭޖްކުރުމުގައި ގެންގުޅޭ ނިޒާމާއި އައްޑޫގައި ކުނި މެނޭޖްކުރުމަށް ވެމްކޯ އިން ކުރެވުމުންދާ މަސައްކަތުގެ އިތުރުން އައްޑޫގައި މިނިސްޓްރީން ހިންގާ ސަރަހައްދީ ފެންވަރުގެ ޕްރޮޖެކްޓްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަލަށް ފަރުމާކުރެވެމުންދާ އައްޑޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ޒިޔާރަތްކޮށް މި މަސައްކަތާއި ގުޅޭ މައުލޫމާތުވެސް ދިނުމަށްވެސް ވަނީ ރާވާފަ އެވެ.
We are excited to commence a waste segregation awareness campaign for the city of Addu in collaboration with the @MoEnvmv and Addu City WDC. pic.twitter.com/WwU5C2TBpp
— Waste Management Corporation Limited (WAMCO) (@WAMCOmv) February 1, 2023
މި ޓީއޯޓީ ސެޝަންގެ ތެރޭގައި އައްޑޫގެ ގޭބީސީ ތަކަށް ގޮސް މައުލޫމާތު ދޭނެ ގޮތުގެ އަމަލީ ތަމްރީނު ސެޝަނެ އްވެސް ޑަބްލިއުޑީސީ މެމްބަރުންނަށް ދިނުމަށް ވަނީ ރާވާފަ އެވެ. މި ޓީއޯޓީ ސެޝަންތަކަށް ފަހު ޑަބްލިއުޑީސީ މެމްބަރުން ގެ ފަރާތުން އެކުލަވާލާ ވަކި ޙައްސަ ޕްލޭނެއްގެ ދަށުން އައްޑޫ ސިޓީގެ ގޭބީސީތަކަށް ދޮރުން ދޮރަށް މައުލޫމާތު ދިނުމަށް ވެސް މި ޕްރޮގްރާމް ގެ ދަށުން ވަނީ ހަމަޖެހިފަ އެވެ.