Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މަރަދޫފޭދު އަށް ސްވިމިން ޕްލެޓްފޯމެއް

އައްޑޫ މަރަދޫފޭދޫ ހިމެނޭ ގޮތަށް ޖުމްލަ ހަތަރު ރަށެއްގައި ފްލޯޓިން ސުވިމިން ޕްލެޓްފޯމް ގާއިމުކުރަން ހަވާލުކޮށްފި އެވެ.

މި މަސައްކަތް ޔޫތު މިނިސްޓްރީން ހަވާލުކުރީ ސުވިމިން އެސޯސިއޭޝަނާ އެވެ.

ޔޫތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެސޯސިއޭޝަނާ ހަވާލުކުރީ މަރަފޭދު އާއި ހއ. ހޯރަފުއްޓާއި ހދ. ހަނިމާދޫގެ އިތުރުން އާއި ގއ. ވިލިގިލީގެ ސުވިމިން ޕްލެޓްފޯމެވެ.

މި މަޝްރޫޢުގެ ދަށުން ހޯރަފުއްޓާއި ހަނިމާދޫ ސުވިމިން ޕްލެޓްފޯމް ގާއިމުކުރުމަށް ހަވާލުކުރީ 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށެވެ. ވިލިނގިލީ މަޝްރޫއު 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ޙަވާލުކުރި އިރު މަރަދޫފޭދޫ މަޝްރޫއު ޙަވާލުކުރީ 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށެވެ.

ސްވިމިން އެސޯސިއޭޝަނާ މަސައްކަތް ހަވާލުކުރީ މަސައްކަތުގެ ފައިސާ އެސޯސިއޭޝަނަށް ލިބޭ ދުވަހުން ފެށިގެން 75 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މަރަދޫފޭދޫގައި ސްވިމިން ޕްލެޓްފޯމެއް އަޅަން ނިންމި އިރު، އައްޑޫގެ އެހެން އަވަށްތަކުގައި ސްވިމިން ޕްލެޓްފޯމް އަޅާފައިވާތާ މިހާރު ގިނަ ދުވަސްތަކެއްވެއްޖެ އެވެ.