Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

ޝާހިދު ލަންކާގައި

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދި ސްރީ ލަންކާ އަށް ވަޑައިގެންނެވި އެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދަތުރަކީ ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. މި ދަތުރުގެ ތެރެއިން ލަންކާގެ 75 ވަނަ މިނިވަން ދުވަސް ފާހަގަކުރަން މާދަމާ ބާއްވާ ހަރަކާތްތަކުގައި ބައިވެރިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މި ދަތުރުގެ ތެރެއިން ދެ ގައުމުގެ ގުޅުމާއި ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.