Last Updated: April 27, 08:54
Saturday, April 27, 2024
ޚަބަރު

ވެލާތަކެއް ހިފައި މެރި ބަޔަކު ހައްޔަރުކޮށްފި

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބާވަތެއް ކަމަށްވާ ވެލާތަކެއް ހިފައި މަރާލި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ބ. އަތޮޅުގެ ކެޔޮދޫ ކިޔާ ފަޅު ރަށެއްގައި ވެލާތަކެއް ހިފައި، އެ އެއްޗެހި މަރާލި މައްސަލައިގައި ކަމަށެވެ. އެގޮތުން ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްއާ ގުޅިގެން ހިންގި އޮޕަރޭޝަން ގައި އަތުލައިގަތީ ބ.އަތޮޅު ރަށަކަށް ނިސްބަތްވާ ބައެކެވެ.

އޭގެ ތެރޭގައި 12 ވަރަކަށް މީހުން ހިމެނެ އެވެ. އެކަމަކު މިކަމާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ބަޔޮސްފިއާ ރިސާވް އޮފީހުން ބުނެފައި ވަނީ ކެޔޮދު އަށް ދިޔައި ރު ވެލާތައް މަރާލާފައިވާ ސަރަހައްދުގައި ސަތަރި ގަނޑެއްމަތީގައި ހަ ވެލާގެ ތޮށިގަނޑުމަތީގައި އޮތް ކަމަށެވެ. އަދި އެ ހުރިހާ ވެލާތަކެއް ވެސް މަރާލައި އޭގެ މަސްތަކައި ވެލާ ކުނޑިހޭނުމަށް ބޭނުންކުރާ އޭގެ ބަނޑުގައި ހުންނަ ސަރުބީތަ އްވެސް ނަގާ ފުޅިމަދު ފޮށިތަކަށް އަޅާފައިވެ އެވެ. އަދި ބައެއް ސަރުބީތައް ކައްކާ ކުނޑި ހާނާފައި ހުރި ކަމަށް ވެސް ބުނެފައިވެ އެވެ.

މި މައްސަލަ މިހާރު ވަނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.