Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

މިރިއަންދޫ ރިސޯޓްގެ ޖީއެމަކަށް އިންޑިއާ މީހެއް

ބ. އަތޮޅުގެ ބައޮސްފިއާ ރިޒާވް ހިމެނޭ ސަރަހައްދުގައި ހިންގަމުން އަންނަ ވެސްޓިން މޯލްޑިވްސް މިރިއަންދޫގެ ރިސޯޓްގެ ޖެނެރަލްގެ މަގާމަށް އިންޑިއާގެ މީހަކު އަައްޔަންކޮށްފި އެވެ.

ރިސޯޓްގެ އެންމެ އިސް މަގާމަށް ހަމަޖެއްސީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ވިޖޭ ކުމާރެވެ. މިރިއަންދޫ ރިސޯޓްގެ ޖީއެމްގެ މަގާމާ އެކީ މިއީ އޭނަ ޖެނެރަލް މެނޭޖަރެއްގެ މަގާމު އަދާކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވިޖޭ އެންމެ ބޮޑަށް މަސައްކަތްކޮށްފައި ވަނީ ރިސޯޓްތަކުގެ ފައިނޭންސާ ގުޅޭ ދާއިރާތަކުގަ އެވެ.

މިރިއަންދޫގެ ކުރިން އޭނަ ޑަބްލިއު މޯލްޑިވްސް އާއި ޝެރަޓަން މޯލްޑިވްސްގައި މަސައްކަތްކޮށްފައިވެ އެވެ. ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާތާ 15 އަހަރުވީ ވިޖޭ ވަނީ މެލޭޝިއާގެ ދި އަންޑަމަން ރިސޯޓްގައި ވެސް މަސައްކަތްކޮށްފަ އެވެ.