Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އުރީދޫގެ ހިއްސާއަކަށް 3.04ރ.

އުރީދޫ މޯލްޑިވްސްގެ ހިއްސާއަކަށް މި އަހަރު 3.04ރ. ބަހަން ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.

އެ ކުންފުނިން ބުނީ މިދިޔަ ހަފުތާގައި ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި، މިދިޔަ އަހަރު ކުންފުނީގެ މާލީ ހިސާބުތައް ފާސްކޮށް، ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.04ރ. ބަހަން ފާސްކޮށްފައިވާ ކަމަށެވެ.

ހިއްސާގެ ފައިދާ ލިބޭނީ މި މަހުގެ 16 ގެ ކުރިން އުރީދޫގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓާވާ މީހުންނަށެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. ކުންފުނީގެ މާލީ ހިސާބުތައް އަންނަ އަންގާރަ ދުވަހުގެ ކުރިން އުރީދޫގެ ވެބްސައިޓްގައި އާންމުކުރާނެ އެވެ.

މިދިޔަ އަހަރު ބޭއްވި އުރީދޫގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެނީ ހިއްސާއަކަށް 2.70ރ. އެވެ.