Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ރިޔާސީ ބަޔާން އިއްވުން މާދަމާ ހެނދުނު

2022 ވަނަ އަހަރު ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ މާދަމާ ހެނދުނަށް ތާވަލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 09:00 ގައެވެ.

އެޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވަންޖެހޭ ރިޔާސީ ބަޔާން އިއްވެވުމެވެ.

ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ "ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެ" ކަމަށެވެ.

ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ މާދަމާ ބާއްވާއިރު މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާފައެވެ. އެ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ. އިންތިހާބުގެ ކެމްޕޭންގައި ދެބޭފުޅުން ވެސް ވަނީ އެއްބޭފުޅަކު އަނެއްބޭފުޅަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އިންތިހާބަށްފަހު ރައީސް މުހައްމަދު ނަޝީދު އަންނަނީ "ފިކުރެއްގެ ދިރުން" ގޮފިތައް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދަވަމުންނެވެ.