Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

މާފަރު އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރަނީ

އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ހިންގަމުން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރަން ނިންމައި އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އައިއޭއެސް އިން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިލަމުގައި ބައިވެރިވާން މި މަހުގެ 12 އާ ހަމަައަށް ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޓެންޑާ ޑޮކިއުމެންޓްތައް ވިއްކަން ހަމަޖެހިފައި ވަނީ 15،000ރ. އަށެވެ.

މާފަރު އެއާޕޯޓްގެ ޓާމިނަލް އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރަން ނިންމި އިރު، އެތަނުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހު އެމްޓީސީސީއާ ހަވާލުކޮށްފައިވެ އެވެ. ގާތްގަނޑަކަށް 443 މިލިއަން ރުފިޔާ ހޭދަކުރާ އެ ޕްރޮޖެކްޓަށް 418 މިލިއަން ހޭދަކުރަނީ އަބޫދާބީ ފަންޑުންނެވެ. ބާކީ 25 މިލިއަން ހޭދަކުރަނީ ސަރުކާރުންނެވެ.

އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވީ 2019 ގެ ޑިސެމްބަރުގަ އެވެ.

އެ އެއާޕޯޓުން މިވަގުތު އެއްފަހަރާ ހިދުމަތް ދެވެނީ 100 ފަސިންޖަރުންނަށެވެ. ޓާމިލަން ބޮޑުކުރުމުން އެ އަދަދު 300 އަށް އިތުރުވާނެ އެވެ. ހިދުމަތްދެވޭނެ އެވެ. އާ ޓާމިނަލާ އެކޫ ސީއައިޕީ ލައުންޖަކާއި ސީއައިކިއު ލައުންޖެއްގެ އިތުރުން އިމިގްރޭޝަންގެ ބޭނުންތަކަށް އިތުރު ޖާގަ ވެސް ދެވޭނެ އެވެ.