Last Updated: June 9, 09:41
Tuesday, June 9, 2026
ޚަބަރު

ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެ

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެއެވެ.

ޕާކިސްތާނުގެ މީޑިއާތަކާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި، ޕަރްވޭޒް މުޝައްރަފް އަވަހާރަވެފައިވަނީ ދުބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

ދިގު މުއްދަތުގެ އާލާސްކަންފުޅެއްގައި އުޅުއްވި ޕަރްވޭޒް މުޝައްރަފް އަވަހާރަވިއިރު އުމުރުފުޅަކީ 79 އަހަރެވެ.

މުޝައްރަފް ޕާކިސްތާން ދޫކުރައްވާ ވަޑައިގެންނެވީ 2016 ވަނަ އަހަރުއެވެ. ވެރިކަމަށް ވަޑައިގެންނެވީ އަސްކަރީ ބަޣާވާތަކުން 1999 ވަނަ އަހަރުއެވެ.