Last Updated: April 26, 17:22
Friday, April 26, 2024
ޚަބަރު

ތިން އަހަރަށް ހަންނަ މާޒިޔާ އަށް

އައްޑޫގެ ޒުވާން ކުޅުންތެރިޔާ ހަސަން ރައިފް އަހުމަދު (ހަންނަ) މާޒިޔާ ސްޕޯޓްސްއަށް ސޮއިކޮށްފިއެވެ.

މިކަން ހާމަކޮށް މާޒިޔާއިން ބުނެފައިވަނީ ހަންނަ މާޒިޔާއަށް ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ ކަަމަށެވެ.

ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޤައުމީ ފެންވަރުގައި ފާހަގަ ކުރެވޭ ކުޅުމެއް ދައްކަމުން އަންނަ ހަންނަ ފުރަތަމަ ޑިވިޝަންގައި ކުޅެން ފެށީ ކްލަބް އީގަލްސްއަށެވެ. އޭގެ ފަހުން ރާއްޖޭގެ ޤައުމީ ޓީމުންގައިވެސް ދަނީ ފާހަގަ ކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުންނެވެ.

މާޒިޔާ ޓީމާއި ހަންނަ ގުޅުނުއިރު އެ ޓީމުގައި މިހާރުވެސް ތިބި ފާހަގަކޮށްލެވޭ ކުޅުންތެރިން ދަނީ ކޮންޓްރެކްޓް އައު ކުރަމުންނެވެ.