Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

ޖޭއެސްސީ ބަދަލުކުރަން މަޖިލީހަށް ހުށަހަޅަނީ

ބަންޑާރަ ނައިބު ރިފްއަތު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ އިސްލާހުގެ ބިލާއެކު ޖުމްލަ 23 ބިލެއް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ގަސްދުކުރާ ބިލުތަކުގެ ލިސްޓުގައި ހިމެނެނީ މުޅިން އަލަށް ހުށަހަޅާ 7 ބިލަކާއި، ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ 16 ބިލެކެވެ.

އިސްލާހު ގެނައުމަށް ހުށަހަޅާ ބިލްތަކުގެ ތެރޭގައި ހިމެނެނީ ޖޭއެސްސީ ބަދަލުކުރުމަށް ހުށަހަޅާ އިސްލާހާއި، ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލާއި، ޤާނޫނުލް އުގޫބާތާއި، ޖިނާއީ އިޖުރާތު ޤާނޫނާއި، މަސްތުވާތަކެއްޗާއިބެހޭ ޤާނޫނާއި، މައުލޫމާތުހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި، ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

އަލަށް ހުށަހަޅާ ބިލްތަކުގެ ތެރޭގައި، ހައްޖާއި އުމުރާގެ ބިލާއި، އިސްރަށްވެހިންގެ ބިލާއި، ފޮރިން އިސްވެސްޓަރުންގެ ބިލާއި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ބިލާއި، އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނެގުމުގެ ބިލު ހިމެނެ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުން މާދަމާ އޮންނާނެ އެވެ. މި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާނެ އެވެ.