Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

އައްޑޫގެ "ހަފުތާރެސް" އަށް ހުޅުވާލައިފި

އައްޑޫގައި މި މަހު ބާއްވަން ހަމަޖެހިފައިވާ "ހަފުތާރެސް" ގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މީގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މިހާރު އޮންލައިންކޮށް ރަޖިސްޓްރީވެވޭނެ އެވެ. އެގޮތުން މި މަހުގެ 20 އާ ހަމައަށް ވަނީ ރަޖިސްޓްރޭޝަން ހުޅުވާލައިފަ އެވެ. "ހަފުތާރެސް" އަކީ މި ސަރުކާރު އައި ފަހުން ޒުވާނުންނަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ހަރަކާތަކެވެ.

އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން މި މަހު މި ސިޓީގައި "ހަފުތާރެސް" ބާއްވާ އިރު، މިއީ މުޖުތަމަޢުގައި ހުންނަ އެކިއެކި މައްސަލަތަކާ ގުޅޭ ގޮިތުން ދާއިރާތަކުން އާންމުންނާއި، ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުމަށް މަސައްކަތް ކުރެވިގެން ދިޔުމާއި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަން ކުރިއަރުވައި ދެމެހެއްޓުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ.