Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ނައިފަރު ހޮސްޕިޓަލުން ޑައިލިސިސްގެ ހިދުމަތް

ޅ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް މިއަދު ދޭން ފަށައިފި އެވެ.

ނައިފރުގައި ހުންނަ ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ޑައިލިސް ސެންޓަރުން ހިދުމަތް ދޭން ފެށީ ވާހަކަ އެ ހޮސްޕިޓަލްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ހިއްސާކޮށްފައިވެ އެވެ.

އެމްޑަބްލިއުއެސްސީގެ އެހީގައި ހެދި ޑައިލަސިސް ސެންޓަރަކީ އެއްފަހަރާ ތިން މީހުންނަށް ދެވޭ ގޮތަށް ހަދާފައިބާ ތަނެކެވެ. އެގޮތުން ކިޑްނީގެ މައްސަލަތަލަށް ދޭ ޑައިލިސިސް ފަރުބާ އަށް ޅ. އަތޮޅު ހޮސްޕިޓަލްގެ ޑައިލިސިސް ސެންޓަރުގައި އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްފައިވެ އެވެ.

މި ސެންޓަރުގެ ސަބަބުން ޅ. އަތޮޅާއި އެ އަތޮޅާ ކައިރި އަތޮޅުތަކުގެ ރަށްރަށުގެ މީހުންނަށް ދެން ޑައިލިސިސްގެ ފަރުވާ ހޯދަން ބޮޑު ފަސޭހައެއް ލިބިގެން ދާނެ އެވެ.