Last Updated: March 29, 15:09
Wednesday, March 29, 2023
ޚަބަރު

މިސްރުގެ ޤުރުއާން މުބާރާތުން ޝާޔާ ދެވަނަ ހޯދައިފި

މިސްރުގައި ބޭއްވި ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ފާޠިމަތު ޝާޔާ ޒާހިރު އެ މުބާރާތުން ދެވަނަ ހާސިލުކޮށްފި އެވެ.

ޝާޔާ ދެވަނަ ހޯދީ މިސްރުގައި ކުރިއަށް ދިޔަ "އިންޓަރނޭޝަނަލް ކޮންޓެސްޓް ފޯ ރިސައިޓާސް އޮފް ދަ ހޮލީ ޤުރްއާން" މުބާރާތުންނެވެ. ޝާޔާ ކިޔެވި ގޮފިން ދެވަނަ ހޯދީ 99.45 މާކްސްއާ އެކު އެވެ. އެ ގޮފިން އެއްވަނަ ހޯދީ ގާނާގެ ފަރާތުން ބައިވެރިވި އަބްދުލް ސަމަދު އާދަމް އެވެ. އޭނާ އަށް ވަނީ 99.90 މާކްސް ލިބިފަ އެވެ.

ދެވަނަ ލިބުމުން ޝާޔާ އަށް ވަނީ އިނާމެއްގެ ގޮތުގައި 150،000 އިޖިޕްޑް ޕައުންޑް ލިބިގެން ގޮސްފަ އެވެ.

ޝާޔާ ވަނީ ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 2019 ވަނަ އަހަރު ހާސިލުކޮށްފަ އެވެ. ޝާޔާ ޤުރުއާން ހިތުދަސްކޮށް ނިންމާލީ އުމުރުން 9 އަހަރުގަ އެވެ.