Last Updated: April 18, 18:36
Thursday, April 18, 2024
ޚަބަރު

ގަވައިދާ ހިލާފަށް ގޮނޑުދޮށް ހިމާޔަތްކުރުމުން ޖޫރިމަނާކޮށްފި

މަޑިފުށި ޕްރައިވެޓް އައިލޭންޑް ރިސޯޓު --

މ. މަޑިިފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކުރުމުން އެ ރިސޯޓް ތަރައްގީ ކުރި ކުންފުނި ޖުރިމަނާ ކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފައިވަނީ މ. މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗް ނަރިޝްކުރުމުގެ މަޝްރޫއުގެ މަސައްކަތައް ގަވާއިދާ ހިލާފަށް ކުރިއަށް ގެންދިއުމާއި ގުޅިގެން އެ މައްސަލަ ބަލާފައިވާ ކަމަށެވެ.

އެގޮތުން މަޑުފުށީގެ ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗް ނަރިޝްކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އީއައީއޭގެ މަރުހަލާ ފުރިހަމަ ކުރުމަކާ ނުލައި، އަދި ތިމާވެށީގެ ކްލިއަރެންސް ހޯއްދެވުމަކާ ނުލައި ކަމަށް އީޕީއޭއިން ބެނެފައިވެއެވެ.

އެހެންކަމުން މަޑިފުށި ރިސޯޓް ތަރައްގީކޮށް ހިންގާ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ކުންފުނި 20،000 ރުފިޔާއިން ވަނީ ޖުރިމަނާ ކޮށްފައެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް އަންގާފައިވެއެވެ.

މަޑިފުށި ރިސޯޓަކީ މިދިޔަ މަހުގެ ތެރޭގައި ހުޅުވި ރިސޯޓެކެވެ.