Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

5 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ދެނީ

ވެކްސިން ޖެހުން ކުރިއަށްދަނީ - ފޮޓޯ: ރައީސް އޮފީސް

އުމުރުން 5-11 އަހަރާއ ދެމެދުގެ ކުދިންނަށް ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ފައިޒާ ވެކްސިން ދޭން ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެތަނުން ބުނީ، އެ އުމުރުފުރާގެ ކުދިންގެ ގަޔަށް ޖެހުމަށް ބޭނުންވާ ފައިޒާ ވެކްސިން ރާއްޖެެ އަށް މިހާރު ލިބިފައިވާ ކަމަށެވެ. އަދި މި ވެކްސިން ދޭން ފެށުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ލަފާ ދީފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މިއަދުން ފެށިގެން މާލޭ ވެކްސިން ސެންޓަރުތަކާއި ރަށްރަށުގެ ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކުން ވެކްސިން ޖެހޭނެ އެވެ.

އެގޮތުން މާލޭގައި އައިޖީއެމްއެޗުން ކޮންމެ އާދީއްތަ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް ވެކްސިން ޖެހުން ކުރިއަށް ގެންދާނެ އެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުން ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހަކު މެނދުރު 1:00 އިން 2:00 އަށް ކުރިއަށް ގެންދާނެއެވެ. މިއާއެކު ސަރުކާރު ބަނދު ނޫން ކޮންމެ ދުވަހަކު މެނދުރު 1:30 އިން 15:00 އަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފައިވެ އެވެ.

އެޗްޕީއޭ އިން ބުނީ 12 އަހަރުން މަތީ އުމުރުފުރާގެ ކުދިންނަށް ވެސް މިހާރު ވެކްސިން ދެވޭނެ ކަމަށެވެ. އެހެންކަމުން ޑޯޒް ފުރިހަމަ ނުވާ ކުދިން ޑޯޒްތައް ފުރިހަމަ ކުރުމަށް އެ އިދާރައިން އެދިފައިވެ އެވެ.