Last Updated: March 29, 15:09
Wednesday, March 29, 2023
ޚަބަރު

އެމްއޭސީއެލްގެ މުވައްޒަފުން ކެންސަރަށް ސްކްރީން ކުރަނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުން ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ.

މި ޕްރޮގްރާމްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު ވެސް ބައިވެރިވެވަޑައިގެންނެވި އިރު އޭނާ ވަނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެމްއޭސީއެލްގެ ހުރިހާ މުވައްޒަފުންނަށް ބާރުއަޅުއްވާފަ އެވެ.

ރާއްޖޭގައި އެންމެ ގިނައިން މީހުން ތިން ސަބަބުތަކުގެ ތެރޭގައި ކެންސަރު ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގަ އެވެ.

އެގޮތުން ރާއްޖޭގައި ފިރިހެނުންނަށް އާންމުކޮށް ޖެހޭ ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ފުއްޕާމޭ، ޕްރޮސްޓޭޓް، ކޮލޮރެކްޓަލް، ބަނޑާއި ފުރަމޭގެ ކެންސަރު ހިމެނެ އެވެ. އަދި އަންހެނުންގެ ތެރޭގައި އެންމެ ގިނައިން ފެންނަނީ އުރަމަތީ، ކޮލޮރެކްޓަލް، ފުއްޕާމޭ، ރަހިމުގެ ދިރަށްޖެހޭ އަދި ތައިރޮއިޑް ކެންސަރު ހިމެނެ އެވެ.