Last Updated: April 23, 18:00
Tuesday, April 23, 2024
ރިޕޯޓް

ރަނގަޅަށް ނިދި ނުލިބޭ ނަމަ ހިތުގެ މައްސަލަތައް

ރަނގަޅަށް ނިދި ނުލިބޭ ނަމަ ހިތުގެ މައްސަލަތައް ދިމާވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަން ޖާނަލްގައި މި ހަފުތާގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނީ ބަރާބަރަށް ނިދި ނުލިބުމަކީ ސިއްހީ މައްސަލަތަކުގެ އިތުރުން މީހާގެ އާންމު ދިރިއުޅުމަށް ވެސް ބުރޫ އަރާ ކަމެއް ކަމަށެވެ. އެގޮތުން ހަމަނިދި ނުލިބޭ ނަމަ މީހާގެ ތާޒާކަން ގެއްލި، ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެ، އަދާކުރަން ޖެހޭ ޒިންމާތަކަށް ފަރުވާކުޑަވުން ފަދަ މައްސަލަތައް ހިމެނެ އެވެ.

މިއާ އެކީ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ހަމަނިދި ނުލިބުމާއި ނިދުމުގެ ވައްޓަފާޅި އޮޅުންބޮޅުންވުމަކީ ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

އެގޮތުން ރޭގަނޑުގެ ނިދި މަދުވެގެން އަށް ގަޑިއިރަށް ފުރިހަމަ ނުވުމާއި ނިދަން ލިބޭ ވަގުތު މަދުވުމުގެ ސަބަބުންނާއި ނިދި ވަކި ތާވަލަކަށް ރޭވިފައި ނެތުނުން ފަދަ ކަންކަމާ އެކީ ހަށިގަނޑުގެ ނާރުތަކުގައި ލޭގަނޑުވުން ފަދަ މައްސަލަތައް ދިމާވެ އޭގެ ސަބަބުން ހިތުގެ ގިނަ މައްސަލަތައް ކުރިމަތިވުމަށް މަގުފަހިވާ ކަމަށް ދިރާސާގައި ބުންޏެވެ. މީގެ ސަބަބުން ސްޓޯރާކާއި ހާޓްއެޓޭކާއި މެއަށް ކުއްލި ތަދުތައް އެރުން ފަދަ ކަންކަން ހިމެނެ އެވެ.

އެހެންވެ ނިދަން ވަގުތު ދިނުމާއި ނިދަން ހޭދަކުރާ ވަގުތަށް ސަމާލުވުން ފަދަ ކަންކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވާން ދިރާސާގައި ބުނެފަ އެވެ.

މި ދިރާސާ އަށް އިޝާރާތް ކުރައްވައި އެމެރިކާގެ ވެންޑަބިލްޓް ޔުނިވަސިޓީ މެޑިކަލް ސެންޓަރުގެ އެސިސްޓެންޓް ޕްރޮފެސަރު ކެލްސީ ފުލް ވިދާޅުވީ މިއީ ނިދުމާއި ހިތުގެ މައްސަލަތައް އޮތް ގުޅުން ހާމަކޮށްދިން މިފަދަ ފުރަތަމަ އެއް ދިރާސާ ކަމަށެވެ.