Last Updated: April 25, 22:42
Friday, April 26, 2024
ދުނިޔެ

މެޓަ އަށް ސަބްސްކްރިޕްޝަން ފީޗާއެއް

ފޭސްބުކާއި އިންސްޓަގްރާމް ހިންގާ މެޓަ އިން އެ ދެ ޕްލެޓްފޯމަށް "މެޓަ ވެރިފައިޑް" ގެ ނަމުގައި ސަބްކްސްރިޕްޝަން ހިދުމަތެއް ތައާރަފުކުރަން ތައްޔާރުވެއްޖެ އެވެ.

މިއީ ވެރިފައިކޮށްފައިވާ އެކައުންޓް މަހު ފީއެއް ދައްކައިގެން ބޭނުންކުރެވޭ ގޮތަށް ތައާރަފުކުރާ ހިދުމަތެކެވެ. އެގޮތުން ނޫ ކުލައިގެ ބެޖާ އެކީ ވެރިފައި އެކައުންޓްތަކަށް އެންޑްރޮއިޑް ޑިވައިސްތަކުގައި މަހު ފީ ފެށެނީ 11.99 ޑޮލަރުންނެވެ. އަދި އައިއޯއެސްގައި މަހު ފީ ފެށެނީ 14.99 ޑޮލަރުންނެވެ.

މި ހިދުމަތް އެންމެ ފުރަތަމަ މި ހަފުތާގެ ތެރޭގައި ފަށަން ހަމަޖެހިފައި ވަނީ އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑްގަ އެވެ.

މެޓަގެ ސީއީއޯ މާކް ޒަކަބާގް ވިދާޅުވީ ވަރަށް އަވަހަށް އިތުރު ގިނަ ގައުމުތަކުގައި ވެސް "މެޓަ ވެރިފައިޑް" ލޯންޗްކުރާނެ ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި މިއީ އެކައުންޓަތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށް ދޭނެ ކަމެއް ކަމަށެވެ. އެގޮތުން މީގެ ސަބަބުން އެކައުންޓްތައް ހެކްކުރުން ފަދަ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް ޒަކަބާގް ވިދާޅުވި އެވެ.

ދާދި ފަހުން ޓްވިޓާ އިން ވެސް ވަނީ ވެރިފައިޑް އެކައުންޓްކަށް މަހު ފީއެއް ނަގަން ފަށައިފަ އެވެ.