Last Updated: May 13, 13:50
Tuesday, May 13, 2025
ޚަބަރު

ރާއްޖެ އަށް 1،000 މީހުންގެ ހައްޖު ކޯޓާއެއް

މި އަހަރު ރާއްޖެ އަށް 1،000 މީހުންގެ ހައްޖު ކޯޓާއެއް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ސަރުކާރުންރާ ރާއްޖެ އަށް މިހާރު 1،000 ޙައްޖު ކޯޓާ ދީފައިވާ ކަމަށާއި ކޯޓާ އިތުރުކުރެވޭތޯ ވެސް މިހާރު މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

ސައުދީން ކުރިން ވެސް ރަސްމީކޮށް ރާއްޖެ އަށް ދެމުން އަންނަނީ 1،000 މީހުންގެ ކޯޓާ އެވެ. ނަމަވެސް ބައެއް އަހަރުތަކުގައި އެ ކޯޓާ އިތުރަށް ދީފައިވެ އެވެ.

ކޮވިޑްގެ ފަހުން މިދިޔަ އަހަރު ރާއްޖެ އަށް ލިބުނީ އެންމެ 453 މީހުންގެ ކޯޓާ އެވެ. އަދި މިދިޔަ އަހަރު މީހުން ހައްޖަށް ގެންދިޔުމުގެ ފުރުސަތު ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.