އިސްލާމް ދީނަށްޓަކައި ޕާކިސްތާންގެ މަޝްހޫރު ބަތަލާއާ އަކު ފިލްމީ ދާއިރާ ދޫކޮށްލައިފި އެވެ.
ފިލްމީ ދާއިރާ ދޫކޮށްލީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން އުމްރާގެ އަޅުކަން ވެސް އަދާކުރި 29 އަހަރުގެ ބަތަލާ ޒަރުނިޝް ޚާނެވެ. އޭނަ އަކީ އެތައް ސިލްސިލާއަކާއި ބައެއް ފިލްމުތައް ވެސް ކުޅެފައިވާ ބަތަލާއެކެވެ. ޒަރުނިޝް މިދިޔަ އަހަރު ދެ ސިލްސިލާއަކުން ފެނިފައިވެ އެވެ. އެއީ ހަމް ޓީވީގެ "އެއިތުބާރު" އާއި އޯރް ލައިފްގެ "ޔޭ އިޝްގް ސަމްޖާ ނާ އާޔޭ" އެވެ.
ޒަރުނިޝް އެކްޓިން ކެރިއަރު ފެށީ 2013 އެވެ. އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޔޭ އިޝްގް ނެގީ އާސާން" އާއި "ދިލް މެ ބަޖީ ގަންޓީ" އަދި "ޖާނެ ސެ ޕެހެލޭ" އެވެ.
ޒަރުނިޝް ބުނި ގޮތުގައި އޭނަ އިސްލާމް ދީނަށްޓަކައި ފިލްމީ ދާއިރާ އަށް ދޫކޮށްލައި ހަޔާތުގެ ބާކީ އޮތް ބައި ދެން ހޭދަކުރަން ބޭނުން ވަނީ އިސްލާމް ދީނުގެ ފުރަތަމަ ހިދާޔަތުގެ މަގީތަ އެވެ. އަދި ދިރިއުޅުމުގެ ހުރިހާ ކަމެއް ދެން ބައްޓަނީ އިސްލާމީ ލައިފްސްޓައިލަށް ވެސް ބުންޏެވެ.
ދާދި ފަހުން ޕާކިސްތާންގެ އެހެން ބަތަލާއެއް ކަމަށްވާ އަނޫމް ފައްޔާޒް ވެސް ދީނަށްޓަކައި ފިލްމީ ދާއިރާ ދޫކޮށްލާފައިވެ އެވެ.
އިންޑިއާގެ ބައެއް ބަތަލާއިން ވެސް ދީނަށްޓަކައި އެކްޓްކުރުން ހުއްޓާލާފައިވެ އެވެ. އޭގެ ތެރޭގައި "ވަޖާ ތުމް ހޯ" ފަދަ ފިލްމުތައް ކުޅުނު ސަނާ ޚާނާއި "ޑަންގަލް" ކުޅުނު ޒައިރާ ވަސީމު ހިމެނެ އެވެ.