އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށް އޮތް ރޯދަ މަހު ރާއްޖެ ޓީވީން ގެނެސްދޭން ނިންމާފައިވާ "ރަން ތާޖު" ޤުރުއާން މުބާރާތުގައި ވާދަކުރާ ބައިވެރިން އިއުލާންކޮށްފި އެވެ.
މުބާރާތަށް ހޮވި 20 ބައިވެރިން އިއުލާންކުރީ ރެ އެވެ. މި މުބާރާތަށް ބައިވެރިން ހޮވީ އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވި އޮޑިޝަންތަކަށް ފަހު އެވެ. އޮޑިޝަން ބޭއްވީ މާލެ، އައްޑޫ ހިތަދޫ، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ބ. އޭދަފުށި އަދި ހދ. ކުޅުދުއްފުށީގަ އެވެ. އޮޑިޝަންތަކުގައި 111 މީހަކު ބައިވެރިވި އެވެ.
"ރަން ތާޖު" ގެ 20 ބައިވެރިން:
1. އަބްދުﷲ ތާލިބު، މަރަދޫ
2. މަރިޔަމް ޒަހުވާ އާދިލް، މާލެ
3. މުހައްމަދު މުސްތަފާ، ބ. އޭދަފުށި
4. އިބްރާހީމް އައުސް، ހއ. އިހަވަންދޫ
5. ސުމާ ހުސައިން، ދ. ކުޑަހުވަދޫ
6. ޝިފާޒާ ނައީމް، ގދ. ތިނަދޫ
7. އަހުމަދު ސުޖާއު، ހއ. ހޯރަފުށި
8. ރުސްދުމް ދާއޫދު، ބ. ތުޅާދޫ
9. އާސިމާ އާދަމް، ދ. ކުޑަހުވަދޫ
10. އީލަފް އަހުމަދު ސޮލާހް، ދ. ކުޑަހުވަދޫ
11. މަރިޔަމް މާއިސާ އިބްރާހީމް، ރ. ކަނދޮޅުދޫ
12. އާމިލާ މުހައްމަދު، މ. މުލައް
13. މުހައްމަދު ސާއީ މުބާރިކް، ނ. ހޮޅުދޫ
14. މަރިޔަމް އަރިން އީސާ، ކ. ކާށިދޫ
15 ފާތިމަތު ތުގާ ހަލީމް، މާލެ
16 ޔައީޝް މުހައްމަދު ނިޔާޒް، މާލެ
17. ދަހްލާން މުހައްމަދު ރިޒާ، ށ. ފުނަދޫ
18. އިޖާޒަތު ހަމޫދާ އަބްދުﷲ، ޅ. ނައިފަރު
19. އާމިނަތު ލައިޝާ ސަލީމް، ކ. ހުރާ
20. ލިޔޫޝާ ހަސަން، ފ. ނިލަންދޫ
"ރަން ތާޖު" ކާމިޔާބުކުރާ ބައިވެރިއަކަށް 300،000ރ. ހުށަހަޅާފައިވެ އެވެ.