Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

ނޮކިއާގެ ލޯގޯ ބަދަލުކޮށްފި

ފިންލޭންޑްގެ މަޝްހޫރު ކުންފުނި، ނޮކިއާގެ ލޯގޯ ބަދަލުުކޮށްފި އެވެ.

ފަސްދޮޅަސް އަހަރު ފަހުން ކުންފުނީގެ ލޯގޯ އަށް ބަދަލު ގެނައީ މި ޒަމާނަށް ފައްތައި ވިޔަފާރީގެ އާ މިސްރާބަކަށް ކުރާ ދަތުރާ ގުޅުވައިގެންނެވެ. ނޮކިއާގެ ލޯގޯގައި އަކުރުތައް މިހާރު އިންނަނީ ކުރިން ނަން އިން ފޮންޓާ ވަރަށް ތަފާތުކޮށް އަދި މާ ސްޓައިލިޝްކޮށެވެ.

އާ ލޯގޯ ނޮކިއާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް އާންމުކޮށްފައިވެ އެވެ.

އާ ބަދަލާ ބެހޭ ގޮތުން ނޮކިއާގެ ޗީފް އެގްޒެކެޓިވް ޕެކާ ލަންޑްމާކް ވިދާޅުވީ ލޯގޯ މިހާރު އިނީ މި ޒަމާނުގެ ޓެކްނޮލޮޖީއާ ވެސް ގުޅުވައިފައި ކަމަށެވެ.

"މީގެ ސަބަބުން ކުންފުނީގެ މާކެޓިން އަށް ހެޔޮ ބަދަލުތަކެއް ވެސް އަންނާނެކަމުގެ އުންމީދު ބޮޑު." އޭނާ ވިދާޅުވި އެވެ.

މުވާލަސަލާތީ ހިދުމަތްތަކަށް ބޭނުންވާ އެތައް އެއްޗެއް އުފައްދާ އަދި އެ ހިިދުމަތްދޭ ނޮކިއޯ އަކީ 2000 ގެ އަހަރުތަކުގައި މޮބައިލް ފޯނު އާންމުވެގެން އައި ދުވަސްވަރު ފޯނު ބްރޭންޑެއްގެ ގޮތުގައި އެންމެ މަޝްހޫރު ބްރޭންޑް ވެސް މެ އެވެ. އެކަމަކު މިހާރު އެ މާކެޓްގައި ނޮކިއާގެ އެއްވެސް ވިދުމެއް ނެތެވެ.