Last Updated: March 29, 10:16
Friday, March 29, 2024
ވިޔަފާރި

ޓްވިޓާ އިން 200 މުވައްޒަފަކު ވަކިކޮށްފި

ޓްވިޓާގެ މުވައްޒަފުންގެ ތެރެއިން 200 އެއްހާ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނިއު ޔޯކް ޓައިމްސް އިން ބުނީ 200 މުވައްޒަފުން ވަކިކުރުމަކީ ޓްވިޓާގެ މުވައްޒަފުންގެ 10 ޕަސެންޓް މަދުވުން ކަމަށެވެ. އެގޮތުން އިއްޔެ ދޫކޮށްލި މުވައްޒަފުންގެ ތެރޭގައި ޕްރޮޑަކްޓް މެނޭޖަރުންނާއި ޑާޓާ ސައިންޓިސްޓުންގެ އިތުރުން އިންޖިނިއަރުންތަކެއް ހިމެނެ އެވެ.

މިކަމާ ބެހޭ ގޮތުން ޓްވިޓާ އިން އެއްވެސް އެއްޗެއް ރަސްމީކޮށް ނުބުނި ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މަހުޖަނު އީލޮން މަސްކް ޓްވިޓާ ބައްލަވައިގަތް ފަހުން ހަރަދުތައް ކުޑަކުރުމަށް ކަމަށް ބުނެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތްތަކެއް ފަށާފައިވެ އެވެ. އަދި މިކަމާ ހެދި ޓްވިޓާގެ މުވައްޒަފުންތަކެއް ކޯޓަށް ވެސް ގޮސްފައިވެ އެވެ.

ޓްވިޓާ އިން މިދިޔަ މަހު ބުނި ގޮތުގައި އެ ކުންފުނީގެ މުވައްޒަފުންގެ އަދަދަކި އޭރު 2،300 އެވެ. އީލޮން ޓްވިޓާ ބައްލަވައިގަތް އިރު މުވައްޒަފުންގެ އަދަދު 3،700 އަށް އަރަ އެވެ.