Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

އައިޔޫއެމުން މާދަމާ ރޭ އިލްމީ ފޯރަމެއް ބާއްވަނީ

"ފާޅުވަމުންދާ ގިޔާމަތުގެ އަލާމާތްތައް" ގެ ނަމުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާ އިން މާދަމާ ރޭ ބޮޑު އިލްމީ ބާއްވަން ނިންމައިފިއެ ވެ.

ފޯރަމް ފަށާނީ 8:30 ގަ އެވެ. ފޯރަމްގެ ޕެނަލްގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި ތައުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ބައިވެރިވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ޝެއިހް އަހުމަދު ސަމީރު، ޝެއިހް މުހައްމަދު ނަޝީދު އާދަމް، ޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހީމްގެ އިތުރުން އުސްތާޒް އާދަމް ނަސީރު ހުސައިން ހިމެނެ އެވެ.

"ފާޅުވަމުންދާ ގިޔާމަތުގެ އަލާމާތްތައް" ހޯސްޓްކޮށް ދެއްވާނީ ޝެއިހް އަބްދުލް އަޒީޒު ހުސައިން (އަޒީބެ) އެވެ.

އައިޔޫއެމުން ބުނީ ފޯރަގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފައިވާ ކަމަށާއި ވީހާ ވެސް ގިނަ މީހުން މިބައްދަލުވުމުގައި ބައިވެރިވެ، ފައިދާހުރި މައުލޫމާތު ލިބިގަތުމަށް އެދޭ ކަމަށެވެ.