Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

ހައްޖުވެރިންނަށް ހިދުމަތް ދިނުމާ ގުޅޭ އެއްބަސްވުންތަކެއް

މި އަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގެ ތެރެއިން އެގޮތުން ފުރަތަމަ ސޮއިކުރި އެއްބަސްވުމަކީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ޙައްޖުވެރިން މަދީނާ އަށް ކުރާ ޒިޔާރަތުގައި، ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާ ގުޅޭ އެއްބަސްވުމެވެ.

އެ އެއްބަސްވުން އިސްލާމިކް މިނިސްޓްރީން ހެދީ އަލްއަދިއްލާ ކޮމްޕެނީއާ އެކީގަ އެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީލެވެ.

މީގެ އިތުރުން ޙައްޖުގެ އަޅުކަމުގެ ތެރޭގައި މައްކާ، މިނާ އަދި ޢަރަފާތުގައި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާ ގުޅޭ ގޮތުން ޟުޔޫފުލްބައިތު ކޮމްޕެނީއާ އެކީ ވެސް ސޮއިކޮށްފައިވެ އެވެ.

ސަޢޫދީން މި އަހަރު ރާއްޖެ އަށް ދީފައި ވަނީ 1،000 ހައްޖު ކޯޓާ އެވެ. އަދި އިތުރު ކޯޓާ ހޯދުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ޢަލީ ވިދާޅުވެފައިވެ އެވެ.