Last Updated: April 24, 12:56
Wednesday, April 24, 2024
ރިޕޯޓް

އާޓިފިޝަލް ސްވީޓްނާ އަށް ސަމާލުވޭ!

އާޓިފިޝަލް ސްވީޓްނާއާ މެދު ވަަރަށް ބޮޑަށް ސަމާލުވާން ޖެހޭކަމުގެ ސިގްނަލެއް ދީފި އެވެ.

"ޒީރޯ ކެލެރީ ސްވީޓްނާ" އާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އެފަދަ އުފެއްދުންތަކުގައި އެކުލެވޭ އެރިތުރިޓޮލްގެ ސަބަބުން ހިތުގެ މައްސަލަތައް ދިމާވާމުގެ ފުރުސަތު ބޮޑެވެ. އެގޮތުން ލޭގަނޑުވުން ފަދަ މައްސަލަތަކާ އެކީ ސްޓްރޯކާއި ހާޓްއެޓޭކް ފަދަ ބޮޑެތި ސިއްހީ މައްސަލަތައް ކުރިމަތިވެ، ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ.

ވަކިން ހާއްސަކޮށް ހަކުރުބަލީގެ މީހުންނާއި ހިތުގެ ތަފާތު ބަލިތައް ހުންނަ މީހުން "ޒީރޯ ކެލެރީ ސްވީޓްނާ" ގިނައިން ބޭނުންކުރާ ނަމަ އެ މީހުންނަށް ސްޓޯރާއި ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ދެގުނަ ބޮޑު ކަމަށް ނޭޗާ މެޑިސިން ޖާނަލްގައި ހޯމަ ދުވަހު ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުންޏެވެ.

އެ ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި އެމެރިކާ ކްލިވެލޭންޑް ކްލިނިކް ލާނާ ރިސާޗް އިންސްޓިޓިއުޓް ކާޑިއޮވަސްކިއުލާ ޑައިގްނޯސްޓިކްސް އެންޑް ޕްރިވެންޝަން ސެންޓަރުގެ ޑިރެކްޓަރު ޑރ. ސްޓޭންލީ ހޭޒެން ވިދާޅުވީ އާޓިފިޝަލް ސްވީޓްނާ މެދު ލުއިކޮށް ދެކުން ބުއްދިވެރި ނޫން ކަމަށެވެ.

އާންމުކޮށް އެ ބޭނުންކުރާ މީހުންގެ ތެރޭގައި ގިނައީ ހަކުރުބަލީހުންނެވެ. އަދި އެކި ކަހަލަ ތަފާތު ތައްޔާރީ ބުއިންތަކުގައި ވެސް "ޒީރޯ ކެލެރީ ސްވީޓްނާ" ބޭނުންކޮށްފައި ހުރެ އެވެ.

"[ޒީރޯ ކެލަރީ ސްވީޓްނާގެ] ގެއްލުން ކުޑައެކޭ ބުނެވޭނެ ޖާގައެއް ހަގީގަތުގައި ނެތް." ސްޓޭންލީ ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި އެފަދަ އުދެއްދުންތަކުން ލޭގައި އެކުލެވޭ އެރިތުރިޓޮލްގެ 25 ޕަަސެންޓް މަތިވެ، އަދި އެ ނިސްބަތަށް ބަދަލުން ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. ހާއްސަކޮށް ލޭގަނޑުވުން ފަދަ މައްސަލަތަކާ ހެދީ ދެން ދިމާވާ ސިއްހީ މައްސަލަތަކެވެ.