Last Updated: March 29, 14:40
Wednesday, March 29, 2023
ޚަބަރު

މިނިސްޓަރު ވެސް އިސްލާމީ މަރުކަޒު ސާފުކުރުމުގައި

ކުރިއަށް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ އިސްލާމީ މަރުކަޒު ކުރިއަށް ގެންދާ ސާފުކުރުން ފަދަ މަސައްކަތްތަކުގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފި އެވެ.

މިނިސްޓްރީން އިއްޔެ އާންމުކުރި ފޮޓޯތަކެއްގައި މިނިސްޓަރު މާސްކް އަޅުއްވައި ނަރުބުރުހެއް ހިއްޕަވައިގެން މިސްކިތުގެ ސްޓޭންޑް ފަންކާތައް ސާފުކުރާ ތަން ފެނެ އެވެ. އަދި އެ މަސައްކަތުގައި މިނިސްޓްރީގެ އިސް ބޭފުޅުންނާއި އިސްލާމީ މަރުކަޒުގެ މަސައްކަތި މުވައްޒަފުން ވެސް ހަރަކާތްތެރިވާ ތަން ފެނެ އެވެ.

އިސްލާމީ މަރުކަޒަކީ މާލޭގެ އެންމެ ބޮޑު އެއް މިސްކިތެވެ. އަދި އިސްލާމިކް މިނިސްޓްރީ ވެސް ހިންގަނީ އެތަނުގަ އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިސްކިތްތައް މަރާމާތުކޮށް، އާބާތުރަ ފިލުވަ އެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 23 އެވެ.