ލ. ގަމު ތުނޑީ އަވަށުގައި އަލަށް އާބާދުވި ސަރަޙައްދުގައި އަލަށް އަޅާ މިސްކިތުގެ ބިންގާ އަޅައިފި އެވެ.
އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ޢަލީ އާއި ގަމު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވިސާމުގެ އިތުރުން ކައުންސިލްގެ ރައީސް އަހުމަދު ޒަކީ އެވެ.
ގަމު ތުނޑީ އަވަށުގައި އަޅާ މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ތެރެއިން. މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ލ. ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް އަދި ކައުންސިލްގެ ރައީސް އަޙްމަދު ޒަކީ. pic.twitter.com/f95j9EVGoP
— Ministry of Islamic Affairs (@MVIaffairs) March 2, 2023
ގަމު ތުނޑީ އަވަށުގައި އަލަށް އާބާދުވި ސަރަޙައްދުގައި އަލަށް އަޅާ މިސްކިތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މިސްކިތެކެވެ. މިކަމަށ 17 މިލިއަން ރުފިޔާ ހޭދަވެ އެވެ. ޖުމްލަ 700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދުކުރެވޭ ގޮތަށް ބިނާ ކުރެވޭ މިސްކިތެކެވެ.
މި މިސްކިތް އިމާރާތްކޮށް ނިންމަން ހަމަޖެހިފައި ވަނީ 365 ދުވަސްތެރޭގަ އެވެ.
މިސްކިތެއް ޢިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 14 ގަ އެވެ.