Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ތިމާ ނުކުރާ ކަމެއް ބަޔަކު ލައްވައި ވެސް ނުކުރެވޭނެ

ސިޔާސީ ގޮތުން ވަކި ގޮތަކަށް ކަން ކުރާ މީހާ އަނެކުން ލައްވައި އެހެން ގޮތަކަށް ކަންތައް ކުރުވާނީ ކިހިނަކުންތޯ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ސުވާލު އުފައްދަވައިފި އެވެ.

ހޯމް މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި އެކަމާ ގުޅުވައި ވިދާޅުވީ އަމިއްލަ އަށް ނަމާދު ނުކުރާ މީހުން އެހެން މީހުން ލައްވައި ނަމާދު ކުރުވާނީ ކިހިނެއްތޯ ވެސް ސުވާލު އުފައްދަވައިފަ އެވެ.

"ތިމާ އަމިއްލަ އަށް ގަބޫލުނުކުރާ، ކުރަން ބޭނުން ނުވާ ކަންކަން އަނެކުން ލައްވައި ކުރުވަން އުޅޭ މީހަކާ މެދު ބުނާނީ ފަހެ ކީކޭ؟" އިމްރާން ވިދާޅުވި އެވެ.

ސަރުކާރުގެ މިހާރުގެ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތު ޕާޓީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށް، މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ނިންމުމުން ބައެއް މީހުންގެ ފާޑުކިޔުންތައް އެ ޕާޓީ އަށް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.

ވަކިން ހާއްސަކޮށް ސަލަފު ޖަމިއްޔާ އާއި އަދާލަޕަތުން މިހާރު ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ފޮނުވައި "ކޯޅެމުން" ނެވެ.