Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ޑްރަގާ އެކީ ހުޅުދޫން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫ ހުޅުދޫން ދެ މީހަކު ހައްޔަރުކޮށްފި އެެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން އެކަކު ހައްޔަރުކުރީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރީ 53 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ބަލައި ފަސްކުރި އިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 23 ރަބަރު ޕެކެޓު ފެނިފައިވެ އެވެ.

އަނެއް މީހާ ހައްޔަރުކުރީ އާދޫއްތަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނަ ވެސް ހައްޔަރުކުރީ ސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެގޮތުން ހައްޔަރުކުރި 34 އަހަރުގެ މީހާގެ އަތުން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ފެނިފައިވެ އެވެ.

މި ދެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.