Last Updated: May 13, 11:42
Tuesday, May 13, 2025
ޚަބަރު

އަންހެނުންގެ ދުވަހަށް އެމްޑީޕީން ޖަލްސާއެއް ބާއްވަނީ

މާދަމާ ފާހަގަކުރާ މި އަހަރުގެ އަންހެނުންގެ ދުވަހަށް ހާއްސަކޮށްގެން އެމްޑީޕީން މާލޭގައި ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މި ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗްގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި މާދަމާ ހަވީރު 4:00 ގަ އެވެ. ޖަލްސާގައި ވީހާ ވެސް ގިނަ އަންހެނުން ބައިވެރިވުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރޮޒޭ) އެދިވަޑައިގެންފައިވެ އެެވެ.

އޭނަ ގެންދަވަނީ ސޯޝަލް މީޑިއާގައި ޖަލްސާ ޕްރޮމޯޓް ވެސް ކުރައްވަމުންނެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ 8 އެވެ.