Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އޭއީއެޗްގައި މިހާރު ސައިނަސް ސާޖަރީ ވެސް ހެދޭނެ

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގަސައިނަސްގެ ސާޖަރީގެ ހިދުމަތް ފަށައިފި އެވެ.

މިފަދަ ފުރަތަމަ އޮޕަރޭޝަން އިއްޔެ ކޮށްފައިވާ އިރު، އެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް އަތޮޅުތެރޭގެ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލުން ބުންޏެވެ. އޭއީއެޗުން ބުނީ އިއްޔެ އެތަނުގައި ހެދި ފުރަތަމަ ފަންކްޝަނަލް އެންޑޮސްކޯޕިކް ސައިނަސް ސާޖަރީ (ފެސް) ހެދީ އެ ހޮސްޕިޓަލުގެ އީއެންޓީ ޑޮކްޓަރުންގެ ޓީމުން ކަމަށެވެ.

ފެސްގެ ސަބަބުން ސައިނަސްގެ މައްސަލަތަކުން ލުއި ފަސޭހަވެ އެވެ. ސައިނަސްގެ މައްސަލަ އަކީ ވަރަށް އާންމު އަދި ގިނަ ބަޔަކު ފަރުވާ ވެސް ހޯދާ ކަމެކެވެ.

އޭއީއެޗުން އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އާ ހިދުމަތްތައް ތައާރަފުކޮށް، ރައްޔިތުންނަށް ފަސޭހަ އިން ހަރަދު ކުޑަކޮށް ސިއްހީ ފަރުވާ ހޯދޭނެ ފުރުސަތުތައް ފަހިކޮށް ދެމުންނެވެ.