Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ޕްރައިމަރީ ދަރިވަރުންގެ ހެލްތު ސްކްރީނިން ޕްރޮގްރާމެއް

މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ހެލްތު ސްކްރީނުން ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެޑިއުކޭޝަން މިނިސްޓްރީ އައިޖީއެމްއެޗް ގުޅިގެންނެވެ.

ސްކޫލް ކުދިންނަށް ކުރިއަށް ގެންދާ މި ހެލްތު ސްކްރީން ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށެވެ. މީގައި އައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓްގެ ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުން އަދި އިންޓާންސް އިން ބައިވެރިވެ އެވެ.

މި ޕްރޮގްރާންގެ ތެރެއިން އިމާދުއްދީން ސްކޫލްގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ގްރޭޑް 1 އިން 98 ދަރިވަރަކާއި ގްރޭޑް 4 އިން 95 ދަރިވަރަކާއި އަދި ގްރޭޑް 7 އިން 34 ދަރިވަރެއްގެ ހެލްތު ސްކްރީން ހަދާފައިވެ އެވެ.

މި ޕްރޮގްރާމްގައި އައިޖީއެމްއެޗްގެ ފަރާތުން އިސްކޮށް ހުންނެވީ ކުޑަކުދިންގެ ބަލިތަކާއި ބެހޭ ޑިޕާޓްމެންޓްގެ ޑރ. އަޙުމަދު ފައިސަލް އެވެ. އޭނަ ވިދާޅުވި ގޮތުގައި މި ސްކްރީނިން ޕްރޮގްރާމްގެ މައިގަނޑު މަގުސަފަކީ ކުޑަކުދިންގެ މެދުގައި އާންމުކޮށް ފެތުރޭ ސިއްޙީ މައްސަލަތައް ދެނެގަނެ، ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލައި އެޅުމެވެ.

މިހާރު ކަލާފާނު ސުކޫލުގައި ސްކްރީނިން ޕްރޮގްރާމް ކުރިއަށްދާ އިރު، ގްރޭޑް 4 ގެ ދަރިވަރުންގެ ސްކްރީނިން މިހާރު ވަނީ ނިންމައިފަ އެވެ.