Last Updated: May 13, 11:01
Tuesday, May 13, 2025
ޚަބަރު

ގެނބިގެން ޓޫރިސްޓަކު މަރުވެއްޖެ

އަދާރަން މީދުއްޕަރު ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

ގެނބިގެން ޓޫރިސްޓަކު އުނގޫރާފު ހޮސްޕިޓަލަށް ގެންދިޔައީ މިއަދު މެންދުރު ފަހު އެވެ. އެ ހޮސްޕިޓަލުން ބުނީ މިއަދު ފަހު 1:00 ޖަހައި ބޮޑުވި ފަހުން އެތަނަށް ގެންދިޔައީ އަންހެން ޓޫރިސްޓެއް ކަމަށާއި އޭނަ ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

ނަމަވެސް މަރުވި ޓޫރިސްޓާ ބެހޭ އިތުރު ތަފުސީލެއް ނުލިބެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ކުރަމަތި ރިސޯޓުގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ވެސް މަރުވެފައިވެ އެވެ.