Last Updated: May 13, 11:01
Tuesday, May 13, 2025
ޚަބަރު

މަގޫދޫގައި ރޯދަ ހަދިޔާއަކަށް ކާށި ބަހަނީ

ފ. މަގޫދޫ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ކާށި ބަހަން ނިންމައިފި އެވެ.

ރައްޔިތުންނަށް ރޯދަ މަހު ކާށިގެ ދަތިކަން ކުޑަކުރުމަށްޓަކައި ގޭބިސީތަކަށް ކުރިއަށް ރޯދަ މަހުގެ ހަދިޔާއަކަށް ކާށު ބަހަން ނިންމީ މަގޫދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީންނެވެ. އެ ކޮމިޓީން ފާއިތުވި ދެ އަހަރު ވެސް ރޯދަ ހަދިޔާއަކަށް ކާށި ބެހި އެވެ.

ގާތްގަނޑަކަށް 900 އެއްހާ މީހުންގެ އާބާދީއެއް އޮންނަ މަގޫދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގައި ދަނޑުވެރިކަން ކުރާ ދަނޑެއް އޮވެ އެވެ. އެތަނުގައި ދޮންކޭލާއި، ފަޅޮލާއި ބައްޓާއި ކަރާ ފަދަ ބާވަތްތައް ހައްދައި މާކެޓަށް ވެސް ނެރެ އެވެ.