Last Updated: March 29, 14:32
Wednesday, March 29, 2023
ދުނިޔެ

ޓްވިޓާ އަށް މުވައްޒަފުން އިތުރުކުރަން ޖެހޭ

Twitter headquarters in San Francisco, California, US, on Thursday, Oct. 6, 2022. Stock markets are still not entirely sold on Elon Musk's $44 billion takeover of Twitter Inc. after the billionaire revived the deal at its original price earlier this week.

މަހުޖަނު އީލޮން މަސްކް މިދިޔަ އަހަރު ޓްވިޓާ ބައްލަވައިގަތް ފަހުން ކުންފުނީގެ މުވައްޒަފުން މަދުކުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށް، މުވައްޒަފުން އިތުރުކުރަން ޔޫރަޕިއަން ޔުނިއަން އީޔޫ) އޮން ގޮވާލައިފި އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި މިކަމާ ގުޅޭ ގޮތުން އީޔޫގެެ ކަމާ ބެހޭ އޮފިޝަލުންތަކެއް އިލޮންއާ މަޝްވަރާ ވެސް ކޮށްފައިވެ އެވެ.

އީޔޫ އިން ފާހަގަކޮށްފައިވާ ގޮތުގައި ކުންފުނީގެ މުވައްޒަފުން މަދުކޮށް، ޓެކްނޮލޮޖީ އަށް ބަރޯސާވާ ގޮތަށް ޓްވިޓާގެ ކަންކަން އެއްކޮށް ބައްޓަންކުރަން މަސައްކަތްކުރުމަކީ އޭގެ ރައްކާތެރިކަމާ ދޭތެރޭ ސުވާލު އުފެދޭނެ ކަމެކެވެ. އެހެންވެ އިންސާނީ ވަސީލަތް ޓްވިޓާ އަށް ވަރަށް މުހިއްމު ކަމަށާއި އެހެން ނޫން ކަމަށްވާ ނަމަ އަންނަ އަހަރު ތަންފީޒުކުރަން ފަށާ އީޔޫގެ ޑިޖިޓަލް ސާވިސް އެކްޓާ އެއްގޮތަށް ޓްވިޓާ އިން އަމަލުކޮށްފާނެކަމާ ދޭތެރޭ ވެސް ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު 44 ބިލިއަން ޑޮލަރަށް އީލޮން ޓްވިޓާ ބައްލަވައިގަތް އިރު، ކުންފުނީގައި 7،500 އެއްހާ މުވއްޒަފުން ތިއްބެވެ. ނަމަވެސް މުވައްޒަފުން މަދުކުރަމުން ގޮސް މިހާރު ތިބީ ގާތްގަނޑަކަށް 2،000 އެއްހާ މުވައްޒަފުންނެވެ.

ޓްވިޓާ އިން މީގެ ހަފުތާއެެއްހާ ދުވަސް ކުރިން ވެސް 200 މުވައްޒަފުން ވަކިކޮށްފައިވެ އެވެ.

އީލޮން ވިދާޅުވެފައިވ ގޮތުގައި މަދުކުރަނީ ކުންފުނީގެ ހަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމުގެ ގޮތުންނެވެ. ނަމަވެސް މުވައްޒަފުން މަދުކުރަން ފެށުމުން ޓްވިޓާގެ ބައެއް މުވައްޒަފުން އީލޮންއާ ދެކޮޅަށް ކޯޓަށް ވެސް މައްސަލަތަކެއް ހުށަހެޅި އެވެ.