Last Updated: April 24, 11:09
Wednesday, April 24, 2024
ޚަބަރު

އަންހެން ކުދިންނަށް ކޯޑިން ޕްރޮގްރާމެއް

މިއަދު ފާހަގަކުރަމުން އަންނަ އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެން ކުދިންނަށް ޚާއްސަކޮށްގެން ކޯޑިން އަދި އިންޖިނިއަރިން ޕްރޮގްރާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފި އެވެ.

ގައުމީ ބޭންކްގެ މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ 12-14 އަހަރުގެ އަންހެން ކުދިންނަށެވެ. މީގައި 30 ކުއްޖަކަށް ބައިވެރިވުމުގެ ފުރުޞަތު ލީިބޭނެ ކަމަށް ބީއެމްއިލް ބުންޏެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ފޯލޫޕް ކޯޑިން އެކަޑަމީންނެވެ.

މި ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުމއި ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި ބްލޫޓޫތު ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންކަން ދަސްކޮށް ދޭނެ އެވެ.