Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

މެޑި ސިޓީ އަށް ފެމިލީ ކެއާގެ ޑޮކްޓަރުންގެ ޓީމެއް

އައްޑޫ މެޑިސިޓީގައި މި މަހުގެ 17 އިން 18 އަށް ފެމިލީ ކެއާ ކްލިނިކްގައި ބަލިމީހުން ބައްލަވާ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމެއް އެ ކްލިނިކްގައި ޙިދުމަތް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ޑޮކްޓަރުން ޙިދުމަތްދޭ ދުވަސްތަކުގައި ޖުމްލަ ފަސް ދާއިރާއަކުން ޙިދުމަތް ހޯދުމުގެ ފުރުސަތު އައްޑޫ މެޑިސިޓީއިން ވަނީ ފަހިކޮށްދީފަ އެވެ. މިގޮތުން ކުޑަކުދިންގެ ބަލިތަކާއި، ހަމުގެ ބަލިތަކާއި، އަންހެނުންގެ ބަލިތަކުގެ ޙާއްސަ ޙިދުމަތްތަކާއި އަދި އެތެރެ ހަށީގެ ބަލިތަކަށް ޙާއްސަ ދާއިރާގެ އިތުރުން ސްކޭންގެ ޙިދުމަތްތައްވެސް އައްޑޫ މެޑިސިޓީއިން ފޯރުކޮށްދިނުމުގެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ.

މެޑި ސިޓީގައި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ޑޮކްޓަރުންނަކީ:

ޑރ.ޒުމްރާ ލަތީފް، ކުޑަކުދިންގެ ބަލިތަކުގެ ޙާއްސަ ޑޮކްޓަރ

ޑރ.ޒުމްރާ އަކީ ޕީޑީއަޓްރިކްސްގެ ދާއިރާ އިން 17 އަހަރުގެ ތަޖުރިބާ ހޯދާފައިވާ ފަރާތެކެވެ. އިންޑިއާ އަދި ނޭޕާލުން ތައުލީމު ހާސިލުކޮށްފައިވާ ޑރ.ޒުމްރާ އަކީ ޕީޑިއަޓްރިކްސްގެ ހުރިހާ ދާއިރާ އަކުން ވެސް ހިދުމަތް ދިނުމުގެ ތަޖުރިބާ ހޯދާފައިވާ ފަރާތެކެވެ.

ޑރ.މުހައްމަދު ހައިކަލް އަބްދުއްރަހްމާން، ހަމުގެ ބަލިތަކުގެ ޙާއްސަ ޑޮކްޓަރ

ހަމުގެ ބަލިތަކަށް ޙާއްސަ ޑރ.ހައިކަލް އަބްދުލް ރަހްމާން އަކީ އައި.ޖީ.އެމް.އެޗް.ގެ ސީނިއަރ ކޮންސަލްޓަންޓްއެއްގެ މަޤާމުވެސް ފުރުއްވަމުންދާ ބޭފުޅެކެވެ. މިގޮތުން ޕްސޯރިއޭސިސް، އެކްޒީމާ، ހަންގަނޑު ހިރުވުން އަދި ވިޓިލިގޯ ފަދަ ބަލިތަކަށް ޑރ. ހައިކަލް އަބްދުލް ރަހްމާން ފަރުވާ ދެއްވަ އެވެ.

ޑރ.އައިމިނަތު ނަޒީރު، ސްކޭންތަކަށް ޙާއްސަ ޑޮކްޓަރ

ޑރ.އައިމިނަތު ނަޒީރު ޙާއްސަވެފައިވަނީ ސްކޭންގެ ދާއިރާއިންނެވެ. އަދި މިއީ މިދާއިރާގައި ދިގު މުއްދަތަކަށް ޙިދުމަތް ކުރައްވަމުން ގެންދަވާ ތަޖުރިބާކާރު ޑޮކްޓަރެކެވެ.

ޑރ.އަސީލް ޖަލީލް، އަންހެނުންގެ ބަލިތަކުގެ ޙާއްސަ ޑޮކްޓަރ

 

ޑރ. އަސީލް އަކީ އަކީ އަންހެނުންގެ ބަލިތަކަށް ފަރުވާދިނުމުގައި ރާއްޖޭގައި ނަންފާހަގަ ކޮށްލެވޭ، ތަޖުރިބާކާރު އެއް ޑޮކްޓަރެވެ. މި ދާއިރާ އިން 16 އަހަރު ދުވަހުގެ ތަޖުރިބާ ޚާސިލުކުރައްވާފައިވާ ޑރ.އަސީލް އަކީ އައި.ޖީ.އެމް.އެޗު.ގެ ސީނިއަރ ކޮންސަލްޓަންޓެއްގެ މަޤާމުވެސް ފުރުއްވަމުންދާ ބޭފުޅެކެވެ.

ޑރ.އަބްދުލް އަޒީޒް ޔޫސުފް، އެތެރެ ހަށީގެ ބަލިތަކުގެ ޙާއްސަ ޑޮކްޓަރ

ޑރ.އަޒީ އަކީ އެތެރެ ހަށީގެ ބަލިތަކުގެ ޙާއްސަ ޑޮކްޓަރެކެވެ. އަދި ދިގު މުއްދަތަކަށް ސިއްޙީ ދާއިރާގައި ޙިދުމަތް ކުރައްވަމުންދާ މަޤުބޫލު، ތަޖުރިބާކާރު ޑޮކްޓަރެކެވެ.

ފޭދޫ ސޯސަން މަގުގައި ހުންނަ މެޑިސިޓީގެ ހިދުމަތަށް އެދި އެޕޮއިންޓްމެންޓް ހެދުމަށް ގުޅާނީ 6892000 ނަމްބަރަށެވެ. އެޕޮއިންޓްމަންޓުގެ ޒަރިއްޔާއިން މެޑިސިޓީގައި ޙިދުމަތް ހޯދުމުގެ ފުރުސަތު އައްޑޫ އާއި ފުވައްމުލަކުގެ ރައްޔިތުންނަށް ވަނީ ހުޅުވާލާފަ އެވެ.

އައްޑޫ މެޑިސިޓީ އަކީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފޭދޫގައި ސިއްޙީ ގިނަ ޚިދުމަތްތަކެއް ދިނުމަށް ހުޅުވި ކްލިނިކެކެވެ. ސިއްހީ ތަފާތު އެކި ހިދުމަތްތައް އެއް ތަނަކުން ފޯރުކޮށްދޭ ކްލިނިކަކަށް އައްޑޫ މެޑިސިޓީ ވެފައިވާއިރު މި ކްލިނިކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ސްކޭން، ކާޑިއޮލޮޖީ، ޖެނެރަލް މެޑިސިން، އަންހެނުންގެ ބަލިތަކުގެ ހިދުމަތުގެ އިތުރުން އާންމު ބަލިތަކަށް ދޭ ފަރުވާތައް ހިމެނެ އެވެ. މި ކްލިނިކުގައި އިންހައުސް ޑޮކްޓަރުންގެ ޚިދުމަތާއި ވިޒިޓިންގ ޑޮކްޓަރުންގެ ޚިދުމަތް ވެސް ލިބެ އެވެ.