Last Updated: May 13, 11:55
Tuesday, May 13, 2025
ޚަބަރު

އައިޖީއެމްއެޗްގެ ލެބޯޓަރީ ހިދުމަތް ހުއްޓުމަކަށް!

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗްގެ ލެބޯޓަރީގެ ހިދުމަތް މިއަދު މެދުކެނޑިއްޖެ އެވެ.

އެ ހޮސްޕިޓަލުން ބުނީ ލެބޯޓަރީގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑުނީ ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި އެކަން ހައްލުކުރަން މިހާރު މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

އައިޖީއެމްއެެޗުން ބުނީ މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް ވެސް އެދޭ ކަމަށެވެ.

އެ ހޮސްޕިޓަލަކީ ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ތަނެކެވެ.